ވަޒީރުންގެ މަގާމަށް އަލަށް އައްޔަން ކުރެއްވެވި ދެ ވަޒީރުން ކަމުގައިވާ ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމުގެ އިތުރުން ބަންޑާރަ ނައިބު އައިޝަތު ބިޝާމަށް ރުހުމް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެއްވެވި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމުން، އެ ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށްޓަކައި ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީއަށް ފޮނުވާފަ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީގައި އެމްޑީޕީގެ ހަ މެންބަރުން ހިމެނިވަޑައިގަންނަވާއިރު، އެ ކޮމެޓީގައި ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ ފަސް މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.