ފައިސާ އަށް ހަށި ވިއްކަމުން ދިޔަ ބަޔަކު މާލޭގެ ގެއެއްގެ ކޮޓަރި ތެރެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 7:20 ހާއިރު މ. އިގްލީމްގެއިން ކުއްޔަށް ދީފައިވާ ކޮޓަރިއެއްގެ ތެރޭގައި ފައިސާ އަށް ހަށިވިއްކި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 52، އަހަރާއި، 20، އަހަރުގެ ބަންގްލަދޭޝްގެ ދެ ފިރިހެނުންނާއި، އަދި އުމުރުން 32، އަހަރުގެ އަންހެނެއް ކަމަށެވެ.

ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ ބަލައި ފާސްކުރި އިރު އެމީހުން ތިބީ ބަދުއަޚްލާގީ އަމަލު ހިންގާން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.