އީރާނާ ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގަށް ބާރުގަދަ ބިންހެލުމެއް އައިސް އީރާނުން 40 މީހުން މަރުވެއްޖެ އެވެ.

އީރާނުގެ އީރާނިއަން ސިއެސްމޮލޮޖިކަލް ސެންޓަރް ( އައިއާރްއެސްސީ) އާ ހަވާލާދީ ޕްރެސްޓީވީން ބުނީ އިން ބުނީ އެގައުމުގެ އިރުދެކުނުގައިވާ ބްލޫޗިސްތާނު ޕްރޮވިންސަށް ރިކްޓަމިންގަނޑުން 7.5ގެ ބާރުމިނުގައި އައި ބިންހެލުމުގައި 40 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ބުނީ ބިންހެލުމުގެ އެޕިކްސެންޓަރު ހުރީ ބްލޫޗިސްތާނުގެ ސަރަވަން ސިޓީގެ އުތުރުން 81 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

އިންޑިއާގެ އެންޑީޓީވީން ބުނީ އީރާނާ ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގަށް ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވެސް ކުރި ކަމަށެވެ. ނަމަވެސް މީހަކު މަރުވި ކަމެއް އަދި ގެދޮރަށް ގެއްލުންވި ކަމެއް އަދި ނޭނގޭ ކަމަށް ވެސް އެޓީވީން ބުންޏެވެ.

ފޮކްސް ނިއުސް އިން ބުނީ ބިންހެލުމުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ އިމާރާތްތަކަށް ވެސް ލޮޅުން އެރި ކަމަށާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް ދުބާއީގެ އުސް އިމާރާތްތަކުން މީހުން ވެސް ހުސްކުރި ކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ބުނީ 7.8 ގެ ބާރުމިނުގެ ބިންހެލުން އައީ ވަރަށް ކުޑަކޮށް އާބާދުވެފައިވާ ސަރަހައްދަކަށް ކަމަށާ މީހަކަށް އަނިޔާވީ ކަމެއް އަދި ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އަދި ބުނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއާއި ގަލްފުގެ ދެގައުމުކަމަށްވާ ބަހުރައިނާއި ޔޫއޭއީއަށް ބިންހެލުން އިހުސާސްކުރެވުނު ކަމަށެވެ. ބިންހެލުން އައީ ބިމުގެ ނުވަ މޭލު އަޑިއަށް ކަމަށް ވެސް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުންޏެވެ.