އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބެރޮނަސް ތެޗާގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހަންމަދު ވަހީދުއްދީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަމަޖައްސަވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ، މިއަދު ހެނދުނުއެވެ. ބެރޮނަސް ތެޗަރގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.