15 Apr 2013, 13:27
ޕީޕީއެމްގެ އެތެރޭގެ ވާދަވެރި އިންތިހާބުގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޔުމްނާ މައުމޫން ސަން މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އިލްހާމް އެ ޕާޓީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ފޮނުވާފައިވާ ސިޓީއެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އިލްހާމް އިސްތިއުފާ ދެއްވީ ކޮން ސަބަބަކާއި އެކު ކަމެއް ސާފެއްނުވެ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ގެނަމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އިސްތިއުފާ ދެއްވާފައިވަނީ ޕީޕީއެމް ޕްރައިމަރީގައި އޭނާ ތާއިދު ކުރެއްވި އުމަރު ނަސީރު އެ ޕާޓީން ވަކި ކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ.