15 Apr 2013, 12:29
ޑީއާރުޕީން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސަންއަށް ފޮނުވި އެސްއެމްއެސްއެއްގައި ޝާހިދު ވިދާޅުވީ އޭނާ މިއަދު ޑީއާރްޕީ ވަކިވެވަޑައިގެންފައިވާ ކަަމަށާއި އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ދެން އިތުރަށް މީޑިއާއަށް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ޑީއާރްޕީގެ ތަރުޖަމާން ޒީނާ ޒާހިރު ވިދާޅުވީ އެ ޕާޓީން ޝާހިދު ވަކިވެވަޑައިގެންނެވި ކަން ޑީއާރްޕީގެ އޮފީހަށް އަންގާފައިވާ ކަމަށެވެ.
ޑީއާރްޕީން ވަކިވެވަޑައިގެންނެވި ކަން ހާމަކުރައްވައި ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.
ޝާހިދު ޑީއާރްޕީން ވަކިވެވަޑައިގެންފައި ވަނީ އެމްޑީން ރޭ ބޭއްވި ޖަލްސާގައި ޝާހިދު އެމްޑީޕީއަށް ގެންނާނެ ކަމަށާއި އަދި ޑީއާރުޕީއާއި އެމްޑީޕީ އެއްކޮށްލާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވެފައިވަނިކޮށެވެ.