އެސްޓީއޯއިން ފިލިޕްސް ބްރޭންޑަށް ހާއްސަކޮށްގެން "ގިފްޓް ޔުއަރ ލަވްޑް ވަންސް" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެޕުރޮމޯޝަންގައި ފިލިޕްސްގެ ބަދިގެ ސާމާނާއި އިސްތިރި އަދި ރީތިވުމަށް ބޭނުންކުރާ ސާމާނުތަކުން 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި 2000ރ. އަށްވުރެ މަތިން ކުރައްވާ ކޮންމެ ފިލިޕްސްގެ ވިޔަފާރިއަކަށް ފިލިޕްސް ބްލެންޑަރެއް ލިބިވަޑައިގަންނަވާނެކަމަށާއި އަދި ފިލިޕްސްގެ އެއާފްރަޔާއެއް ގަތުމުން ހިލޭ ފިލިޕްސް ބްލެންޑަރެއް އަދި ޓޯސްޓަރެއް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން އިތުރަށް ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާ ދުވަސްތަކުގައި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުންނާއި މާލޭގެ އެކި ސަރަހައްދުތަކުގައި ޑެމޯ ސެޝަންތައްވެސް ކުރިއަށްދާނެ ކަމަށާއި އެސެޝަންތަކުގައި ފިލިޕްސްގެ މިއައިޓަމްތައް ކަސްޓަމަރުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެ ޕްރޮމޯޝަން ކުރިއަށްގެންދަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުންނާއި ސުޕަމާޓްކެޓުގެ އިތުރުން ވިލިމާލެ އަދި ހުޅުމާލެ ފިހާރައިންނެވެ.