ދައުލަތުގެ "ޓޯޓަލް ފައިނޭންޝަލް އެސެޓް" މަސްދުވަހުގެ ތެރޭގައި 91 މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން "ޓޯޓަލް ފޮރިން ކަރަންސީ ފައިނޭންސްޝިއަލް އެސެޓްސް" މަސް ދުވަހުގެ ތެރޭގައި ތިން މިލިއަން ރުފިޔާ ދަށްވެފައިވީ ނަމަވެސް "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް" ވަނީ 95 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެހެންކަމުން މިދިޔަ މަސް ދުވަހުގެ ތެރެގައި ރާއްޖޭގެ "ޓޯޓަލް ފައިނޭންޝަލް އެސެޓް" ވަނީ 91 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެހެންކަމުން "ޓޯޓަލް ފައިނޭންޝަލް އެސެޓް"ގެ މިންވަރު އިތުރުވުމަށް މެދުވެރިވި ސަބަބަކީ "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް"ގެ މިންވަރު އިތުރުވުމެވެ.

އެމްއެމްއޭ އިން އާންމު ކުރި ދައުލަތުގެ މާލީ ހާލަތުގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ފެބުރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ޓޯޓަލް ފައިނޭންޝަލް އެސެޓްގެ ޖުމްލައަކީ 10 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ޓޯޓަލް ފައިނޭންޝިއަލް އެސެޓް 91 މިލިއަން ރުފިޔާ އިތުރުވެ އެ އަދަދު ވަނީ 10 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އަދި "ޓޯޓަލް އެސެޓް" ވަނީ މަސް ދުވަހުގެ ތެރޭގައި 84 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެމްއެމްއޭގެ މާލީ ހާލަތު އަންގައިދޭ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ފެބުރުއަރީ މަހާއި އަޅަބަލާއިރު މިދިޔަ މަހު ދައުލަތުގެ ހަރަދުތައް ވަނީ 45 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ. އަދި ޓޯޓަލް އިކުއިޓީގެ މިންވަރު ވަނީ އަށް މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ހިމަނާފައި ހުރި ނޯޓުތަކުގައި ބުނެފައި ވަނީ ދައުލަތުގެ ރިޒާވު މަތިވުމާއި ދަށްވުން ބިނާވެފައި ވަނީ އެމްއެމްއޭގެ ރައުސްމާލުގައި ހިމެނޭ ރަނާއި ބޭރު ފައިސާއާ އަދި ރުފިޔާގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށެވެ.