މި މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ޑީއާރުޕީ ގެ ގައުމީ ޖަލްސާގައި އިންތިހާބުކުރާ އެޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑީއާރުޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖުމާނު ޒީނާ ޒާހިރު ވިދާޅުވީ ހުސްވެފައިވާ ހަތް މަގާމަކަށް ކުރިމަތި ލުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މި މަހު 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވަލައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް ތިން ބޭފުޅަކާއި ޕާޓީގެ ކައުންސިލަށް އާންމުގެ ތެރެއިން ހަ މެންބަރަކާއި އަދި ސުލޫކީ ކޮމެޓީއަށް މެންބަރަކާއި ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ އިތުރުން ޒުވާނުން ގޮފީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް އެ ޖަލްސާގައި މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ.

މި މަހުގެ 23 އިން 25 ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާއިމް އިންތިހާބުކުރާ މަގާމުތަކަށް ރަށް ރަށުގައި ތިބި މެންބަރުނަށް ވެސް ފެކްސް މެދުވެރިކޮށް ފޯމް ހުށަހަހެޅޭނެ ކަމަށް ޒީނާ ވިދާޅުވި އެވެ.

ޑީއާރުޕީގެ ގައުމީ ޖަލްސާގައި 900 އާއި 800 ދެމެދުގެ އަދަދެގެ މަންދޫބުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައިވާއިރު އެ ޕާޓީގެ ގައުމީ ޖަލްސާގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ އަސާސީ ގަވާއިދު އިސްލާހް ކުރުން ކަމަށް އެ ޕާޓީން ބުނެ އެވެ. ޑީއާރުޕީގެ ގައުމީ ޖަލްސާގައި އަސާސީ ގަވާއިދަށް އިސްލާހް ގެނައުމާއި ހަމައަށްވެސް އެޕާޓީގެ ޒައީމްގެ މަގާމުގައި ހުންނަވާނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ.