މިދިޔަ ހޯމަ ދުވަހުން ފެށިގެން އާއިލާ އަށް ފިލައިގެން އުޅޭ އަންހެނަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ކ. ގާފަރު ރިހިއަލި، މަރިޔަމް ނަޝާ 20، ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު 9:50 އެހާކަންހާއިރު ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ އައިޖީއެމް ހޮސްޕިޓަލް ކައިރިން ނޫ އަދި ހުދުކުލައިގެ މަންޒަރު ހުރި ޓޮޕަކާއި ޖިންސެއް ލައިގެން ހުއްޓައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާގެ އެއްމާބަނޑު ކުޑަ ދެފިރިހެން ކުދިން ވެސް ތިބެ އެވެ. އަދި އެ ދެ ކުދިންނަކީ ގާތުން ދޭ ވަރުގެ ދެ ކުދިން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ނަޝާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.