ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ކުރައްވާ އެ ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެ ކަމަށެވެ.