އޭއެފްސީ ކަޕްގެ ގްރޫޕް ޖީ ފަޅިން ރާއްޖޭގެ މާޒިޔާ މިއަދު ހަވީރު ރަށުން ބޭރުގައި ކުޅުނު މެޗުގައި މިޔަންމާގެ އަޔެވާދީ ޔުނައިޓެޑް އަތުން 3-0 ލަނޑުން ބަލިވެއްޖެ އެވެ.

މިއަދުގެ މެޗުގައި މާޒިޔާ ކޮޅަށް އަޔެވާދީ ޔުނައިޓެޑުން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޮމިނިކް ބާސްކް އެވެ. އަދި އަޔެވާދީ ޔުނައިޓެޑުން މާޒިޔާކޮޅަށް ޖެހި ދެވަނަ ލަނޑު މެޗުގެ އަށް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލެއަންޑްރޯ ޑުއާޓެވެ.

މިއަދުގެ މެޗުގައި މާޒިޔާ ކޮޅަށް އަޔެވާދީ ޔުނައިޓެޑުން ޖެހި ތިން ވަނަ ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ތިހާ ޒޯ އެވެ.

މިއަދުގެ މެޗުން މާޒިޔާ ބަލިވުމުން ދެ ވަނަ ބުރަށް ދިއުމަށް އެޓީމް ކުރަމުން އަންނަ މަސައްކަތައް ވަނީ އިތުރު ހުރަސްތަކަކާއި ކުރިމަތި ލާންޖެހިފައެވެ. ނަމަވެސް ގްރޫޕްގައި މާޒިޔާ އޮތީ ހަތަރު ޕޮއިންޓާއެކު ތިން ވަނަ މަގާމްގައެވެ. އަދި މިއަދުގެ މެޗުން މޮޅުވި އަޔެވާދީ ޔުނައިޓެޑް އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

ގުރޫޕްގެ އެއް ވަނަ މަގާމްގައި 10 ޕޮއިންޓާއެކު އޮތީ މެލޭޝިއާގެ ކެލަންޓަން އެވެ. އެހެން ކަމުން ކެލަންޓަންއަށް ވަނީ ދެ ވަނަ ބުރުން ޖާހަ ހޯދައިފައެވެ. އަދި މިގްރޫޕްގެ ދެ ވަނަ މަގާމްގައި ހަ ޕޮއިންޓާއެކު އޮތީ ވިއެޓްނާމުގެ ޑަނަންގް އެވެ.