ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް ކަމުގެ މަޤާމަށް، އެޓަނީ ޖެނެރަލް ކަމުގެ މަޤާމުގައި ހުންނެވި ޢާއިޝަތު ޢާޒިމާ ޝަކޫރު، ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމުގެ މަޤާމަށް ހ. ހާލި އަމީން އިބްރާހީމް އަދި އެޓަނީ ޖެނެރަލް ކަމުގެ މަގާމަށް ޑެޕިއުޓީ އެޓަނީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޢާއިޝަތު ބިސާމް،32، ޢައްޔަން ކުރައްވައި އެ ތިން ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ.

އެ ތިން ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެ ތިން ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ހުވާކުރެއްވުމަށް ފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިގުރާރުގައި އެ ތިން ބޭފުޅުން ސޮއިކުރެއްވި އެވެ.