މަތިއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހުނައިފާއި އޭނާއާއެކުގައި ދިއްދޫއަށް ވަޑައިގެންނެވި ޕްރޮވިންސް އޮފީހުގެ ޓީމެއް ދިއްދޫން ފުރިޔަނުދީ މިއަދު ހިފަހައްޓައިފި އެވެ.


ދިއްދޫ މައުލޫމާތު ދިން އިސް ބޭފުޅަކު ވިދާޅުވީ މިއަދު ހެނދުނު ސްޓޭޓް މިނިސްޓަރު ދިއްދު އަށް ވަޑައިގަތުމަށް ފަހު ފުރާ ވަޑައިގަތަ ނުދެއްވާ ހިފެހެއްޓެވީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވަރަށް ހުށަހެޅުއްވެވި ކަންތައްތަކެއް ހަމަޖައްސަވައިނުދެއްވާ ފުރާވަޑައިގަންނަވަން އުޅުއްވުމުން ކަމަށެވެ. ސްޓޭޓް މިނިސްޓަރާއެކު ވަޑައިގެންނެވި ޓީމުވެސް އެ ރަށުގައި ހިފަހައްޓާފައިވާ ކަމަށެވެ.


ހއ. ދިއްދޫއިން ވާހަކަ ދެއްކި އާންމު މީހަކު ބުނީ އެ ރަށު ގިނަ ބަޔަކު އަތޮޅު އޮފީސް ދޮށަށް އެއްވެފައިވާ ކަމަށެވެ. އެމީހުން ހިތްހަމަ ނުޖެހިގެން އުޅެނީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ނެތިގެން ކަމަށް އޭނާ ބުންޗެވެ.


ހޮސްޕިޓަލުގެ މެނޭޖަރު ވެސް ހުރީ އަތޮޅު އޮފީސް ތެރޭގައި ނުނުކުމެވިފައި ކަމަށް އޭނާ ބުންޔެވެ.


"އެންމެ ފަހުން މި ރަށުގައި ހުރި ހޭނައްތާ ޑޮކްޓަރު މީހަކު ވިއްސަން އޯޕަރޭޝަން ކުރަންވެގެން ރަނގަޅަށް ހޭނުނައްތާ އޮއްވައި އޮޕަރޭޝަން ކުރީ. އޭނާ ހަޅޭއްލަވައި ގަތުމުން އެނގުނީ ހޭނުނެތޭކަން. އޭގެ ފަހުން ހެއެއް ނުނައްތާ. ވިހަން ވެއްޖިޔާ ދާން މިޖެހެނީ ކުޅުދުއްފުއްޓަށް. ކައިރި ރަށްރަށުން އަން މީހުން ވެސް ދަނީ ކުޅުދުއްފުއްޓަށް." އޭނާ ބުންޔެވެ.