10 Apr 2013, 12:24
މިދިޔަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް މުދާ އެތެރެ ކުރެވުނު މިންވަރާ އަޅައިބަލާއިރު، މިއަހަރު 12 ޕަސެންޓް އަދި އެމުއްދަތުގައި މުދާ އެކްސްޕޯޓް ކުރެވުނު މިންވަރު 44 ޕަސެންޓް އިތުވެއްޖެއެވެ.
މޯލްޑިވުސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މާޗްމަހުގެ ނިޔަލަށް ރާއްޖެއަށް މުދާއެތެރެ ކުރި މިންވަރު މިދިޔަ އަހަރުގެ އެމުއްދަތަށް ވުރެ 12 ޕަސެންޓް އިތުރުވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އެމުއްދަތުގައި ރާއްޖެއަށް 5.8 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ އެމުއްދަތުގަިއވަނީ 6.5 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެެކޮށްފައެވެ.
މާޗްމަހުގެ ނިޔަލަށް ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އެމުއްދަތައް ވުރެ 44 ޕަސެންޓް އިތުރުވެފައިވާއިރު މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކުސްޕޯޓް ކޮށްފައިވަނީ 545 މިލިއަން ރުފިޔާގެ މުދަލެވެ. އަދި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވަނީ އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު 785 މިލިއަން ރުފިޔާއަށް އަރާފައެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެމުއްދަތައް ވުރެ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 334 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ލިބިފަިއވާއިރު މިއަހަރުގެ މިމުއްދަތުގެ ތެރޭގައިވަނީ އާމްދަނީގެގޮތުގައި 365 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ލިބިފައެވެ.