މިދިޔަ މާޗް މަހު އާމްދަނީގެ ގޮތުގައި މިރާ އަށް 802.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މީރާ އިން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މީރާ އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 802.3 މިލިއަން ރުފިޔާ އެވެ. އެއީ ޑޮލަރުގެ އާމްދަނީން ބަލާ ނަމަ 41.7 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ ލިބޭނެ ކަމަށް މިރާ އިން ލަފާކުރި އާމްދަނީ އަށް ވުރެ 0.5 ޕަސެންޓް އިތުރު އަދި މިދިޔަ އަހަރުގެ މާޗްމަހާ އަޅާބަލާ އިރު 23.7 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާ މިދިޔަ މާޗް މަހު އެއާޕޯޓްގެ ސާވިސް ޗާޖްގެ ގޮތުގައި ވަނީ 41 މިލިއަން ރުފިޔާ އެވެ.

އަދި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ނޫނީ ބީޕީޓީގެ ގޮތުގައި ލިބިފައި ވަނީ 28.21 މިލިއަން ރުފިޔާ އެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްގެ ގޮތުގައި 347.82 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓޫރިޒަމް ދާއިރާ އިން މިރާ އަށް މިދިޔަ މަހު ލިބިފައިވާ އާމްމުދަނީ އަށް ބަލާއިރު ޓޫރިޒަމް ޓެކްސް ނޫނީ، ބެޑް ޓެކްސްގެ ގޮތުގައި 81.88 މިލިއަން ރުފިޔާ ވަނީ މީރާ އަށް ލިބިފަ އެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައި ވަނީ 250 މިލިއަން ރުފިޔާ އެވެ.

މިރާގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ މަހުގެ ނިޔަލަށް މީރާ އަށް މި އަހަރު ވަނީ 2.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި 2.0 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 488 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ އަދަދު އިތުރުވެފައިވާ އިރު މި އަހަރު ޓޫރިޒަމް ދާއިރާ އިން ޓެކުސްގެ ގޮތުގައި ނަގާ މިންވަރު އަށް ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ.