މިއަހަރު ރާއްޖޭން ހައްޖަށްދާ މީހުން މާދަމާއިން ފެށިގެން ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.


މިނިސްޓްރީގެ އިސްވެރިޔަކު ވިދާޅުވީ ހުއްދަ ދޫކޮށްފައިވާ އަށް ޖަމާއަތް ކަމަށްވާ ސިސިލްފަރާއި އަތަމާ އާއި އައްސަފާ އާއި ޒައީ ޖަމާއަތާއި އަލް މަނާސިކު ޖަމާއަތާއި އަލް ހައިރާއި މަލީޝާ އާއި ޔޫއެސް ޖަމަތުގެ ހައްޖުވެރިން މާދަމާ ފުރަން ފަށާއިއިރު ހުރިހާ ހައްޖާޖީން ހައްޖަށް ފުރާ ނިމޭނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.


މިއަހަރު ހައްޖަށްދާ މީހުންގެ ތެރޭގައި ހިމެނެނީ ސިލްސްފަރު ޖަމާއަތުގެ 250 މީހުންނާއި  އަތަމާ ޖަމާއަތުގެ 214 މީހުންނާއި ޝަފާ ޖަމާއަތުގެ ހަވާލުގައިދާ 231 މީހުންނާއި އަލްމަނާސިކްގެ ހަވާލުގައި ދާ 180 މީހުންނާއި އަލްހައިރާއެކު ދާ  170 މީހުންނާއި މަލީޝާ ޖަމާއަތާއެކު 170 މީހުންނާއި ޔޫއެސް ގްރޫޕާއެކު 71 މީހުންނެވެ.


ރާއްޖެއިން މިއަހަރު ހައްޖަށް ދަނީ ޖުމްލަ 1066 މީހުނެވެ.