ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އުފައްދަވަން ޖެހޭ ލޯކަލް ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްގެ އަދަދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ކަނޑައަޅުއްވައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައިވާ ގޮތުން، ރައީސް އުފެއްދެވީ،19  އަތޮޅު ކައުންސިލާއި 189 ރަށު ކައުންސިލާއި ދެ ސިޓީ ކައުންސިލެވެ. މި ދެ ސިޓީ ކައުންސިލަކީ، މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލެވެ. ރައީސް އުފެއްދެވި ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް މިއަދު ނެރުއްވި ދެންނެވުމުގައި ވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.