09 Apr 2013, 10:27
އެމްޓީޑީސީ އިން މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގައި މިއަހަރު ބޭއްވުމަށް ނިންމާފައިވާ އެ ކުންފުނީގެ އެކްސްޓްރާ އޯޑިނަރީ ޖަލްސާ ނުވަތަ "ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ" ނުބާއްވަން ނިންމައިފި އެވެ.
އެމްޓީޑީސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ އަސާސީ ގަވައިދަށާއި ހިންގާ ގަވައިދަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމަށާއި އެ ކުންފުނީގެ ބޯނަސް ހިއްސާ އެކަށައެޅުމަށް ބޭއްވުމަށް ނިންމި "ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ" ނުބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ އެގޮތަށް ނިންމީ އެ ކުންފުނީގެ އަސާސީ ގަވައިދުން އެފަދަ ޖަލްސާއެއްގައި ކަމެއް ނިންމޭނީ އެ ކުންފުނީގެ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ ރުހުން ލިބިގެން ކަމަށް ބުނެފައި ވާތީ އެގޮތަށް ރުހުން ހޯދުމަކީ ވާނެ ކަމަކަށް ނުވާތީ ކަމަށެވެ.
"މިއަހަރު ބޭއްވުމަށް ނިންމާފައިވާ މިކުންފުނީގެ 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މޯލްޑިވުސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކގެ އަސާސީ ގަވައިދާއި ހިންގާ ގަވާއިދު އިސްލާހުކުރުމަށާއި އަދި ބޯނަސް ހިއްސާ އެކަށައެޅުމަށް ގޮތެއްނިންމުމަށް ހުށައެޅުމަށްވަނީ ކަނޑައަޅާފައި، އަދި އެބައްދަލުވުން ބޭއްވޭނެ ތާރީހާއި ގަޑި ފަހުގެ ތާރީހެއްގައި އެންގޭނެ،" އެމްޓީޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.