08 Apr 2013, 17:47
އިނގިރޭސި ވިލާތުގައި ބޮޑުވަޒީރުކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ، މާގްރެޓް ތެޗާ، އުމުރުފުޅުން 87 އަހަރުގައި އަވަހާރަވެއްޖެ އެވެ.
ތެޗާގެ ތަރުޖަމާނު ލޯޑް ބެލްއާ ހަވާލާދީ ބީބީސީގައި ލިޔެފައި ވަނީ، ތެޗާ އަވަހާރަވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސްޓްރޯކެއް ޖެހުމުގެ ސަބަބުން ކަމަށެވެ.
ތެޗާއަކީ އިނގިރޭސިވިލާތުގައި ބޮޑުވަޒީރުކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އެވެ. އަދި އެކަމަނާ ވަނީ 1979 އިން 1990 ވަނަ އަހަރާ ހަމައަށް އެ މަގާމު ފުރުއްވައިފަ އެވެ. އެގޮތުން ޕާޓީގެ ވެރިކަން ހޯއްދެވުމަށް ޓަކައި 1975 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރަކަށް ހުންނެވި ކޮންޒަވޭޓިވް ޕާޓީގެ އެޑްވަޑް ހީތްއާ ވާދަކުރެއްވުމަށް ފަހު އެކަމަނާ ވަނީ، 1979،1983 އަދި 1987 ވަނަ އަހަރުގެ ޖެނެރަލް އިލެކްޝަން ކާމިޔާބު ކުރައްވައިފަ އެވެ.
މާގްރެޓް ތެޗާ ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރުގައި އެގައުމުގެ ސަރުކާރުން ހިންގަމުން ދިޔަ ގިނަ އަދަދެއްގެ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރަށްވާފައިވެ އެވެ.