08 Apr 2013, 12:29
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅައި މިއަދު ޝެޑިއުލްކޮށްފައިވާ ވޯޓު ޑީއާރުޕީން އެބްސްޓެއިންކޮށް ވޯޓު ދިނުމަށް ނިންމައިފި އެވެ.
ޑީއާރުޕީ ޑެޕިއުޓީ ލީޑަރު ޑރ. އަބްދުﷲ މައުސޫމް ދެންމެ ސަން އޮންލައިނަށް ވިދާޅުވީ ދެ ވަޒީރުންގެ އިތުބާރުގެ ވޯޓުގައި ޑީއާރުޕީން ބައިވެރިވާނެ ކަމަށާއި ނަމަވެސް ވޯޓު ދެއްވާނީ އެބްސްޓެއިންކޮށް، ނުވަތަ ވަކިކޮޅަކަށް ނުދެއްވާ ވޯޓެއްގެ ގޮތުގައި ކަމަށެވެ.
މައުސޫމް ވިދާޅުވީ އެ ޕާޓީން އެގޮތަށް ނިންމެވީ ގައުމީ މަސްލަހަތު އިސްކުރެއްވުމުގެ ގޮތުން ކަމަށާއި އަދި ގައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ވައްޓަވާލައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.
މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް، 77 މެންބަރުންގެ މަޖިލީހުގެ 39 މެންބަރުން ވޯޓު ދެއްވަން ޖެހެ އެވެ.
ދެ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި އެމްޑީޕީގައި ތިއްބަވަނީ 29 މެންބަރުންނެވެ.
ނާޒިމާއި ޖަމީލުގެ އިތުބާރުގެ މައްސަލާގައި ދެ ވަނަ އަށް އެންމެ މީހުން އަދި މަޖިލީސް މެންބަރުން ވެސް ގިނަ ޕީޕީއެމް އިން ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް އެ ޕާޓީން ވޯޓު ނުދޭނެ ކަމަށެވެ. އަދި އެ ޕާޓީގެ ވިޕްލައިން ފޫއަޅުވާލި ބޭފުޅަކާ ދޭތެރޭ ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށެވެ.
ޕީޕީއެމް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 21 މެންބަރުން ތިއްބަވަ އެވެ.
ނާޒިމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދީ، ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެ އެ ދެ ވުޒާރާގެ މަސައްކަތްތަކުގެ އަސާސީ ސިފަތައް މަސްހުނިކުރައްވާފައިވާ ކަމަށާއި އަދި ސަރުކާރު ބައިވެރިވާ މަދަނީ މުއާމަލާތްތައް ޝަރީއަތުން ބޭރުގައި ރޫޅާލުމަށް އަސްކަރީ ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ.
ޖަމީލްގެ މައްޗަށް އިތުބާރުނެތް ކަމަށް ވެއްދި ސަބަބުތަކެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއްކަން ކަށަވަރުކޮށްދިނުމުގެ ޒިންމާއަކީ ހޯމް މިނިސްޓަރު ސީދާ އުފުއްލަވަން ޖެހޭ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ އެވެ.