މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާގެ ޓެކްނިކަލް އެޑްވައިރަޒުގެ މަގާމަށް މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ސީޒަން އަށް ދެއްވާފައި ވަނީ އާޓްސް އެންޑް ކަލްޗާގެ ޓެކްނިކަލް އެޑްވައިރަޒު ކަމުގެ މަގާމު ކަމަށެވެ.

ސީޒަން އަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 15،000ރ. ލިބޭ އިރު އޭގެ އިތުރުން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 10،000ރ. ލިބޭނެ ކަމަށް ވެސް ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ސީޒަން އަކީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ބޮޑުބޭބެ ކިޔާ މީހެކެވެ.