07 Apr 2013, 12:55
މާފަންނު ގެއެއްގެ ތެރޭ ތާށިވި ދެ ކުއްޖަކު ސިފައިން ސަލާމަތް ކޮށްދީފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ 11:30 ހާއިރު ހިނގި އެހާދިސާގައި މ. މުއިވިލްގޭގެ ހަތަރުވަނަ ބުރީގައި ތާށިވެފައިވަނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
އަދި ހަތަރުވަނަ ބުރީގެ ކޮޓަރިއެއްގެ ތެރޭ އެކުދިން ތާށިވެފައިވަނީ އެކުދިން ކޮޓަރި ތެރޭ ނިދައިފައި ތިއްބައި ކޮޓަރި ތަޅުލާފައި ދިއުމުން އެއްވެސް ގޮތަކުން ކޮޓަރި ނުހުޅިވިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އެ ދެކުދިން ސަލާމަތް ކޮށްފައިވަނީ އެކޮޓަރީގެ ދޮރުގެ މަތީގައި ޖަހާފައި ހުރި ބިއްލޫރިގަނޑެއް ތަޅާލައިގެން އެކޮޓަރި ތެރެއަށް ސިފައިން ވަދެ އެވެ.