05 Apr 2013, 20:58
ފުލުހުންގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ އަހަރީ ހަވީރެއް ބާއްވައިފި އެވެ.
ޖުމްހޫރީ މައިދާނު ސަރަހައްދުގައި މިއަދު ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރު ގައި ގިނަ އަދެދެއްގެ ކުޑަކުދިން ބައިވެރިވެފައިވެ އެވެ. މިއަދު ހަވީރު 4:00 އިން 6:00 ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ތުއްތު ކުދިންގެ ނެށުމާއި ލަވައިގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެ އެވެ.
އެ ހަވީރު ކުރިއަށްގެންގޮސްފައި ވަނީ ކުޑަކުދިނަށް ކުޅޭވޭނެ އެކި ސްޓޯލްތައް ބަހައްޓައިގެން ކުދިނަށް ތަފާތު ހަދިޔާލިބޭނެ ގޮތަށެވެ.
ކުޑަކުދިންގެ ހަވީރު ކުރިއަށް ދިޔަ ވަގުތު ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ ހަރަކާތްތައް ކުރިއަށްދާ ގޮތް ބައްލަވަލައްވާފަ އެވެ.