04 Apr 2013, 12:08
އެސްޓީއޯގެ ބްރޭންޑެއް ކަމަށްވާ އަލްމުދިޝް ހިކި ކިރުން މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ވާދަކުރާ ވީބީ އައްޑޫ އެފްސީ ސްޕޮންސާ ކޮށްފި އެވެ.
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ނިޕޯން ޕެއިންޓް ޝޯރޫމްގައި އިއްޔެ ބޭއްވި ހަފްލާގައި އައްޑޫ އެފްސީ ޓީމްގެ އިސް އޮފިޝަލުންނާއި އިސް ކުޅުންތެރިންނާއި އެސްޓީއޯގެ ސޭލްސް އެންޑް މާކެޓިންގެ އިސް ވެރިން ބައިވެރިވި އެވެ.
އެގޮތުން ވީބީއާ އެކު އެވެވުނު ސްޕޮންޝާޝިޕް އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މާކެޓިން ޖެނެރަލް މެނޭޖާ އާދަމް އަޒިމް އެވެ. ވީބީން އެ އެއްބަސް ވުމުގައި ސޮއި ކުރީ ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ހާނީ ނައީމް އެވެ.
ވީބީ އައްޑޫ އެފްސީ އަކީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވާދަކުރާ ފުރަތަމަ ޑިވިޒަންގެ އަށްޓީމުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. އެގޮތުން އެ އަށް ޓީމުގެ މެދުގައި މިހާރު ކުރިއަށްދާ ދިރާގް ދިވެހި ލީގުގައި ވީބީ އޮތީ ދެ ޕޮއިންޓާ އެކު ލީގުގެ ހަތް ވަނަ މަގާމްގަ އެވެ.