ސ. ފޭދޫގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރާ މީހާ ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި 14 އަހަރުގެ ފިރިހެން ކުއްޖާ އަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ހޯދަމުން ދަނީ ބިދޭސީ މީހެކެވެ. އަދި އެ މީހާއަކީ އައްޑޫގައި މަގު ހެދުމުގެ މަސައްކަތުގައި އުޅޭ މީހެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ފޭދޫގައި 11 އަހަރުގެ ކުއްޖަކު ވިހޭ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި އެ ކުއްޖާ ވިހޭ ތުއްތު ކުއްޖާ ވަނީ ފަރުވާ ދެމުންދަނިކޮށް މަރުވެފަ އެވެ.