04 Apr 2013, 09:05
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރޭ މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، ކުވޭތުގެ އަމީރު ޝެއިޚް ޞަބާޙް އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙާއި ކުވޭތުގެ ވަލީޢަހުދު ނަވާފް އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙާއި އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ޖާބިރު އަލްމުބާރަކް އަލްޙަމަދު އައްޞަބާހާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޢަލީ ފަހުދު އަލްރާޝިދާއި ފޮރިން މިނިސްޓަރު ޝައިޚް ޞަބާޙް އަލްޚާލިދު އަލް ޙަމަދު އައްޞަބާހާއި އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު ނައިފް އަލް ހަޖްރަފާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ވެސް، އެ ޤައުމުގެ ވިޔާފާރިއާއި އިޤްތިޞާދީ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.