03 Apr 2013, 21:22
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުވޭތުގެ ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް މިއަދު ޒިޔާރަތްކުރައްވައި، މަޖިލީހުގެ ރައީސް އަލީ ފަހުދް އައްރާޝިދާއި، ކުވޭތު-މޯލްޑިވްސް ފްރެންޑްޝިޕް ކޮމިޓީގެ ޗެއާމަންއާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގައި، ޑިމޮކްރަސީ ހަރުދަނާކުރުމުގައި ދެގައުމަށްވެސް ކުރެވެމުންދާ ތަޖުރިބާތައް ދެގައުމުގެ ދެމެދުގައި ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
އެ ބައްދަލުކުރެއްވުމަށްފަހު މިއަދު އޮތް ކުވޭތުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިނގަމުން ދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.