03 Apr 2013, 18:31
ގުރައިދޫން: މުހައްމަދު ޝާން
ކ. ގުރައިދޫ ރައްޔިތުންނަށް މީރުފެން ސަޕްލައި ކުރުމަށް 30 ޓަނުގެ ފެން ޕްލާންޓެއް ކަނޑޫމާ ރިސޯޓްގެ ފަރާތުން ހަދިޔާކުރާ ގޮތަށް ނިންމައި އެގްރިމަންޓުގައި އެމްޑަބްލިޔުއެސްސީއާ އެކު މިއަދު ސޮއިކޮށްފި އެވެ.
އެ އެގްރީމެންްޓްގައި ސޮއި ކުރުމަށް މިއަދު ގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ރިސޯޓުގެ އެޗުއާރު މެނޭޖަރު ހުސައިން ޝާހިދު ވިދާޅުވީ، ގުރައިދޫގައި ބަހައްޓާ ފެންޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށާއި އެގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ މަޝްރޫއު އަށް އެ ރިސޯޓުން 1.5 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ކަނޑޫމާން ހަދިޔާ ކުރާ ފެންޕްލާންޓުގެ ސަބަބުން ގުރައިދޫ ރައްތިތުންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބޭނެ. މިހާރު އަޅުގަނޑުމެން ވާނީ އެފެންޕްލާންޓް ބެހެއްޓުމުގެ 65 އިންސައްތަ މަސައްކަތް ނިންމައިފިން. މިއީ 1.5 މިލިޔަން ރުފިޔާގެ ޕްރެޖެކްޓެއް." ޝާހިދު ވިދާޅުވި އެވެ.
ކަނޑޫމާ ރިސޯޓުން ހަދިޔާކުރި 30 ޓަނުގެ އެ ފެންޕްލާންޓުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޖިނޭރިން މެނޭޖާ މުހައްމަދު ރަޝީދެވެ. އަދި ކަނޑޫމާ ރިސޯޓުގެ ފަރާތުން އެ ގްރިމެންޓުގައި ސޮއި ކުރެއްވީ އެރިސޯޓުގެ ޖެނެރަލް މެނޭޖާ ކްރިސް އެވެ.
މިއަދު މެންދުރު ފަހު އެ އެގްރިމަންޓުގައި ސޮއިކުރުމަށް ގުރައިދޫގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަނޑޫ ރިސޯޓުގެ އެޗްއާރު މެނޭޖާ ހުސެއިން ޝާހިދު ވިދާޅުވީ، ގުރައިދޫ އަކީ އެރިސޯޓުން ވަރަށް ގާތް ގުޅުމެއް އަބަދުވެސް ގެންގުޅެމުން އަންނަ ރަށެއް ކަމަށާއި އެގޮތުން މިފަހަރު ގުރައިދޫގައި ހަދާ އެ ފެންޕްލާންޓަކީ މިހާތަނަށް އެރިސޯޓުގެ ފަރާތުން އެންމެ ގިނަ ހަރަދެއް ކޮށްގެން ހިންގާ އެއް ޕްރެޖެކްޓު ކަމަށެވެ. އަދި ފެން ޕްލާންޓު ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ މަސައްކަތް ކުރުމުގައި ގުރައިދޫގެ ކައުންސިލް އިދާރާގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަދި މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމަވުން ގުރައިދޫ ކައުންސިލް އިދާރާގެ ރައީސް ހުސެން ޔާމިން މުހައްމަދު ވަނީ ކަނޑޫމާ ރީސޯޓުން އެ ރަށާ މެދު ބަހައްޓާ ގާތް ގުޅުމަށް ތައުރީފްކޮށް މަރުހަބާ ކިޔައިފަ އެވެ.