މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ ކޭމްޕް އެ ރަށުގައި އިއްޔެ ފަށައިފި އެވެ.

ވޮލީ ކޭމްޕް އިފްތިތާޙްކުރުމަށް ފަހު ދިއްގަރު ސްކޫލުގެ ޓީމަކާއި ދިއްގަރު ޒުވާނުންގެ ޓީމާ އެކު ވަނީ ތިން ސެޓުގެ އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފަ އެވެ. އެމެޗު 2-1 ސެޓުން ކާމިޔާބުކޮށްފައި ވަނީ ދިއްގަރު ސްކޫލު ޓީމެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޭމްޕްގައި ދިއްގަރު ޒުވާނުންގެ ތެރެއިން 66 އަންހެން ކުދިންނާއި 37 ފިރިހެން ކުދިން ބައިވެރިވެފައިވާ އިރު މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން ވަނީ 52 އަންހެން ކުދިންނާއި 37 ފިރިހެން ކުދިން ބައިވެރިވެފަ އެވެ.

އެ ކޭމްޕުގައި ކޯޗުކަން ކޮށްދޭނީ ޕޮލިސް ކްލަބުގެ ކޯޗެއްކަމަށްވާ ޕޮލިސް ލ. ކޯޕްރަލް މައުމޫރު މުހައްމަދު އެވެ.

ދިއްގަރުގައި އިއްޔެ ފެށި ވޮލީ ކޭމްޕް އިފްތިތާޙުކޮށްދެއްވީ އެ ރަށު ކައުންސިލްގެ ނައިބު ރައީސް މޫސާ ނަސީރު އެވެ. އަދި އިއްޔެ އެ ރަސްމިއްޔާތުގައި ދިއްގަރު ކައުންސިލްގެ މެމްބަރުންނާއި ސްކޫލުގެ އިސްވެރިންގެ އިތުރުން އެ ރަށު ޕޮލިސް ސްޓޭޝަން ހިންގުމާ ހަވާލުވެ ހުރި ޕޮލިސް ކޯޕްރަލް މުހައްމަދު ވަހީދު ބައިވެރިވެފައިވެ އެވެ.