ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބަޔާން މިޔުނިކާއި އިޓަލީގެ ޔުވެންޓާސް ބައްދަލު ކުރި މެޗު، ދޭއް ސުމަކުން ޔުވެންޓާސް ބަލިކޮށް، ބަޔާން މިޔުނިކުން ސެމީފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ޔުވެންޓާސް އިން ޔޫރަޕްގައި ބަލިނުވެ 18 މެޗު މިހާތަނަށް ކުޅެފައިވާ އިރު، ބަޔާންއިން ވަނީ ރޭ އެކަން ނިމުމަކަށްގެނެސްފަ އެވެ. އެގޮތުން ބަޔާންގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ ސިކުންތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް އަލަބާ އެވެ. އަލަބާގެ އެ ލަނޑަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި މިހާތަނަށް ރެކޯޑު ކުރެވުނު ހަތްވަނައަށް، މެޗެއްގައި އެންމެ އަވަހަށް ކާމިޔާބު ކޮށްފައިވާ ލަނޑެވެ. ބަޔާންއިން ފުރަތަމަ މިނިޓުގައި ލީޑު ނެގިނަމަވެސް މެޗުގެ ފުރަތަމަ ކޮޅުގައި ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ޔުވެންޓާސް އިންނެވެ.

ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 63 ވަނަ މޮނިޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އެވެ. ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި މިދެކުލަބު އަންނަ ހަފުތާގެ ބުދަ ދުވަހު ބައްދަލު ކުރާމެޗުގެ ނަތީޖާ އިން ބަޔާން އަށް ކުރި ހޯދިއްޖެ ނަމަ ފާއިތުވީ ހަތް ސީޒަންގެ ތެރޭގައި އެޓީމަށް ހަފަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުމުގެ ޖާގަ ލިބޭނެއެވެ.