02 Apr 2013, 16:16
މުޅި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގަށް ދީފިއެވެ.
ބުރޯޑްކާސްޓިން ކޮމިޝަނުން ބުނީ މުޅި ރާއްޖެއަށް ރީ ބުރޮޑްކާސްޓް ކުރުމުގެ ހުއްދަ ދިރާގަށް ދީފައިވަނީ އިއްޔެ އިން ފެށިގެން 29 ޖެނުއަރީ 2023 ގެ ނިޔަލަށް ކަމަށެވެ.
ބުރޯޑްކާސްޓިން ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޅި ރާއްޖެއަށް ރީ ބުރޮޑްކާސްޓް ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ހުޅުވާލިއިރު އެކަމަށް އެދި ކުރިމަތި ލައިފައި ވަނީ ވެސް ދިރާގުން އެކަނި ކަމަށާއި އެހެންކަމުން އެ ކޮމިޝަނުން ނިންމައިފައި ވަނީ މުޅި ރާއްޖެ އަށް ރި ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދިރާގަށް ދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން މުޅި ރާއްޖެއަށް ބުރޯޑްކާސްޓް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން އެކަމަށް ކުރިމަތި ލައިފައިވަނީ ދިރާގު އެކަނި" ބުރޯޑްކާސްޓިން ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ރީ ބްރޮޑްކާސްޓިން ކުރުމުގެ ހުއްދަ ދިރާގަށް ދީފައިވާއިރު އެ ކުންފުނި ފިޔަވައި އިތުރު ކުންފުންޏަކަށް އެހުއްދަ މިހާތަނަށް ދީފައެއް ނުވެއެވެ.