ވިހި ހާސް ޑޮލަރުގެ އިނާމަކާ އެކު "ނޮލެވްޓީ ބުކްޝޮޕްބުކުސް އެންޑް ސުޓޭޝަނަރީ ފެއާ" މިއަދު ފަށައިފިއެވެ.

ނޮވެލްޓީ ބުކް ޝޮޕުން ކޮންމެ އަހަރަކު ބާއްވާ އެ ފެއާއަށް މި ފަހަރު ދާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނެގޭ ފަރާތަކަށް 20000 ޑޮލަރު ދިނުމަށް ވަނީ ހަމަ ޖައްސައިފައެވެ. މިފަހަރުގެ ބުކް ފެއާ ވެސް ބާއްވަނީ ދަރުބާރުގޭގައެވެ.

ނޮވެލްޓީ ބުކްޝޮޕްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާން މައުލޫމާތު ދިން ގޮތުގައި އެ ފެއާ ބޭއްވުމަށް ނިންމައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިފެއާގައި ވިއްކާން ބަހައްޓައިފައިވާ ސްޓޭޝަނަރީ އާއި ފޮތްތަކުން 70 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

"މި ފެއާގައި 12000 ވުރެ ގިނަ ވައްތަރުގެ އިނގިރޭސި ފޮތާއި 500 އަށް ވުރެ ގިނަ ވައްތަރުގެ ދިވެހި ފޮތް ލިބެން ހުންނާނެ" ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 30 އަށްވުރެ ގިނަ ދިވެހި އާ ފޮތް އެފެއާއިން ލިބެން ހުންނަ އިރު އެ ފެއާ ހިނގަމުން ދާ ކޮންމެ ދުވަހަކު ވެސް އާ ފޮތް ލިބެން ހުންނާނެ ކަމަށެވެ.