ކޮންމެ ދިހަހާސް މީހުންގެ އާބާދީއަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ލާމަރުކަޒީ ބިލަށް ހުށަހެޅި އިސްލާހް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްފި އެވެ.


ސިޓީއެއްގެ ދަރަޖަ ދެވޭނީ، ފަންސަވީސް ހާސް މީހުންގެ އާބާދީ އަކަށް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާތީ އެ އަދަދަދު 10000 އަށް ތިރި ކުރުމަށް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކު، ހުށަހެޅުއްވި މި އިސްލާހު މަޖިލީހަށް ބަލައިގަނޭތޯ ވޯޓަށް އެއްސެވުމުން އެ ވަގުތު ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން، އިސްލާހް ބަލައި ގަތުމަށް ވޯޓު ދެއްވީ 34 މެންބަރުންނެވެ. ނަމަވެސް އިސްލާހް ބަލައި ނުގަތުމަށް 35 މެންބަރުން ވޯޓު ދެއްވި އެވެ. މި އިސްލާހް ފާސްވާން ބޭނުންވަނީ ވެސް 35 ވޯޓުކަމުން އިސްލާހް ވަނީ ފޭލްވެފަ އެވެ.