18 Oct 2010, 07:47
ބީޕީ އިން ދޭ "ބީޕީ މެސާ އޮޕެކްސް އެވޯޑް 2010" މޯލްޑިވިސް އެއާޕޯޓްސް ކޮންޕެނީ އަށް ލިބިއްޖެ އެވެ.
ސަން އެފްއެމް އޮންލައިން އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިސް އެއާޕޯޓްސް ކޮންޕެނީގެ މެނޭޖިން ކޯޕަރޭޓް ކޮމިއުނިކޭޓާ ރަހުމަތުﷲ އަޝްރަފް މިއަދު ވިދާޅުވީ އެ އެވޯޑު އެއާޕޯޓްސް ކޮންޕެނީން ހޯދުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށީ 2006 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް އެ އެވޯޑު ހާސިލް ކޮށްފައިވާ ކަމަށެވެ.
‹މި އެވޯޑަކީ ފިއުލް ސަޕްލައި ކުރުރުމުގައި ގެންގުޅޭ މިންގަޑުތަކާއި ކޮލެޓީއަށް ބިޕީން ބެލުމަށްފަހު ދޭ އެވޯޑެއް›
"މި އެވޯޑަކީ ފިއުލް ސަޕްލައި ކުރުރުމުގައި ގެންގުޅޭ މިންގަޑުތަކާއި ކޮލެޓީއަށް ބިޕީން ބެލުމަށްފަހު ދޭ އެވޯޑެއް. ބީޕީން ބޭނުންވާ މިންގަނޑުގައި ހިފެހެއްޓޭކަން މި އެވޯޑު ލިބުމުން ސާބިތުވަނީ." އަޝްރަފް ވިދާޅުވި އެވެ.
އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރު ޑިސެންބަރު މަހު ޑުބާއީގައި ކަމަށް އެއާޕޯޓްސް ކޮންމެޕެނީން ބުނެ އެވެ.