ހިޓާޗީ ބުރޭންޑްގެ އާ އައިސް އަލަމާރިއެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

އެސްޓީއޯއިން ރޭ އަލަށް ތައާރަފު ކުރި އެ އައިސް އަލަމާރި ރާއްޖޭގެ ބާޒާރަށް ނެރެދެއްވީ އެސްޓީއޯގެ ސޭލްސް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖަރު އާދަމް އާޒިމް އެވެ.

އެސްޓީއޯއިން ރޭ ރާއްޖޭގެ ބާޒާރަށް ނެރުނު އެ އަލަމާރި އަކީ އާ ޑިޒައިނަކަށް ބިއްލޫރިން ފަރުމާ ކޮށްފައި ވާ ޑިޒައިނެއް އެކުލެވޭ އަލަމާރިއެކެވެ. މި އަލަމާރީގެ މި ވަގުތު ބާޒާރުން ލިބޭން ހުރީ ތިން ކުލައެވެ. އެއީ ހުދު ކުލަޔާއި ކަޅުކުލައިގެ އިތުރުން ކަޑި ކުލައެވެ. އެ އަލަމާރީގެ ގަނޑު ކުރާ ބައި ހުންނަނީ ތިރީގައެވެ. އަދި އެއަލަމާރީގައި ސުމާޓް ވެޖް ކޮމްޕާޓްމަންޓެއްގެ އިތުރުން ޓަޗް ސްކްރީނަކާއި މޫވަބަލް އައިސް ޓުރޭއެއް ހުރެއެވެ.

އެސްޓީއޯއިން ބުނީ އެ އަލަމާރި އެސްޓީއޯގެ ހޯމް އިމްޕުރޫވްމަންޓުންނާއި އެސްޓީއޯގެ ރީޖަނަލްސްއިން ލިބޭ އިރު ފްރީ ޑެލިވަރީ ވެސް ދޭނެ ކަމަށެވެ. އަދި އެއް އަހަރާއި ބައިގެ ސާވިސް ވޮރެންޓީ އާއި ފަސް އަހަރުގެ ކޮމްޕްރެސާ ވޮރެންޓީ ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.