31 Mar 2013, 16:49
އާއިލާ އަށް ފިލައިގެން އުޅޭ 14 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
އާއިލާ އަށް ފިލައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުން ދަނީ ހުޅުމާލެ ފްލެޓް 01-3-1 މަރިޔަމް ރިޝްމީ އަހުމަދު 14، އެވެ.
މަރިޔަމް ރިޝްމީ އެންމެފަހުން ފެނިފައި ވަނީ މިދިޔަ ބުދަ ވަހުގެ ރޭ 8:00 ހާއިރު ވިލިމާލެ ގެއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.
މަރިޔަމް ރިޝްމީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ލަސްނުކޮށް އެކަން ޕޮލިސް ސާވިސް އަށް އެންގުމަށް ފުލުހުން އެދެ އެވެ.
ފަހަކަށް އައިސް ފުރާވަރު އުމުރުގެ ކުދިން ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓުކުރާ މިންވަރު ވަނީ ވަރަށްބޮޑަށް އިތުރު ވެފަ އެވެ.