Last Updated:
1 decade 3 year ago

ޕީޕީއެމްގެ ރިޔާސީ ޓިކެޓް 63 ޕަސެންޓުން ޔާމީން ކާމިޔާބު ކުރައްވައިފި

  • އުމަރު ބަލި ގަބޫލުކުރައްވައި ޔާމީނަށް މަރުހަބާ ވިދާޅުވެއްްޖެ
ބުލޮގު ޚުލާސާ
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށްޓަކައި އެ ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގެ 63 ޕަސެންޓުން އަބްދުﷲ ޔާމިން ކާމިޔާބު ކުރައްވައިފި އެވެ.
އަބްދުﷲ ޔާމިން

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޓަކައި "ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވުމަށް ތައްޔާރަށް" ހުންނެވި ކަމަަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިންތިހާބު ކާމިޔާބު ވެވަޑައިގެންނެވުމާ ގުޅިގެން ޕީޕީއެމްގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވައި ނެރުއްވެވި ބަޔާނުގައި ޔާމިން ވިދާޅުވެފައި ވަނީ އުމަރުގެ ސަޕޯޓަރުން ހިތްވަރު ދެރަނުކުރެއްވުމަށާއި އުމަރުގެ ސަޕޯޓަރުން ވެސް ޕީޕީއެމްގެ ސަރުކާރެއް ގާއިމް ކުރުމަށް އާ ހިތްވަރަކާ އެކު މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވުމުން އެންމެ އިސްކަމެއް ދީގެން މަސައްކަތްޕުޅު ކުރައްވާނީ
ޕީޕީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ އަދަދު ދެގުނައަށް އިތުރުކުރުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ބަޔާން ނިންމަވާލައްވާފައި ވަނީ ޕީޕީއެމްގެ ކުރިއެރުމަށް ޓަކައި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅަށް "ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށް މަރުހަބާ ދަންނަވާ" ކަމަށެވެ.

އަޅުގަނޑުގެ އަޙު އުމަރު ނަސީރަށާއި އެމަނިކުފާނަށް ތާއިދު ކުރެއްވި އެންމެހައި މެންބަރުން ހިތްވަރު ދެރަނުކުރައްވައި އަޅުގަނޑާ އެކު، ޕީޕީއެމްގެ ސަރުކާރެއް ގާއިމް ކުރުމަށް، އަތުކުރި އޮޅާލާ އަލުން، އާހިތްވަރަކާ އެކު މަސައްކަތްކޮށްދެއްވުމަށް އެދި އިލްތިމާސް ކުރަން
20:05

19:37

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް، 63 ޕަސެންޓްގެ އަޣުލަބިއްޔަތުން އެ ޕާޓީގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވައިފި އެވެ.
އެ އިންތިހާބުގައި ވޯޓުދިން 20795 މީހުންގެ ތެރެއިން 13،096 މީހުން ޔާމީނަށް ވޯޓު ދެއްވި އެވެ. އެއީ ވޯޓު ދިން މީހުންގެ 62.97 ޕަސެންޓެވެ.
ޕީޕީއެމްގެ އިންތިގާލީ ވަގުތީ ނާއިބު ރައީސް އުމަރު ނަސީރަށް ލިބިވަޑައިގަތީ 7450 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 35.82 ޕަސެންޓެވެ. ބާތިލު ވޯޓުގެ އަދަދަކީ 249 އެވެ. އެއީ 1.97 ޕަސެ

19:25

19:10

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ކަށަވަރު ކުރައްވައިފި އެވެ.

މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، ޔާމީން 12195 ވޯޓު ހޯއްދަވައިފަ އެވެ. އުމަރު ނަސީރަށް ލިބިވަޑައިގެންފައި ވަނީ 6742 ވޯޓެވެ. ބާކީ ނުގުނާ ހުރީ ހަ ފޮށި އެއީ 2000 ވަރަކަށް ވޯޓު ކަމަށް ޕީޕީއެމް އޮފީހުން ބުނެފި އެވެ.

ސާއިލްއުމަރުގެ ކެމްޕެއިން އޮފީހުން

ބަލި ގަބޫލުފުޅު ކުރެއްވި ކަމަށް އުމަރު ނަސީރު އިއުލާން ކުރައްވައިފި. އުމަރުގެ ކެންޕެއިން އޮޕީސްގައި އޭނާގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވިދާޅުވީ ބަލި ގަބޫލުފުޅު ކުރައްވާ ކަަމަށާއި ވަރަށް އަވަހަށް ޔާމިންއާ ބައްދަލު ކުރައްވައި އިންތިހާބުގެ ކާމިޔާބީގެ މަރުހަބާ ދަންނަނަވާނެ ކަމަށް.
"ކޮމާންޑިން ސެންޓަރުގައި ތިބި އުމަރުގެ ބައެއް ސަޕޯޓަރުން ރޮމުން އެބަގެންދޭ. އެހެންބަޔަކު ޔާމިންއާ ދެކޮޅަށް ވާހަކަދައްކަމުން ވެސް އެބަދޭ.
18:55ޕީޕީއެމް އޮފީހުން

ވަގުތީ ނަތީއްޖާ މިހާތަނަށް ދައްކާ ގޮތުން ޔާމިންއަށް ލިބިވަޑައިގެންނެވީ 11،221 ވޯޓު. އުމަރަށް ލިބިވަޑައިގެންނެވީ 6393 ވޯޓު. މިހާތަނަށް 154 ވޯޓު ފޮށި ގުނާފައިވާއިރު، ބާކީ ނުގުނި ހުރީ 13 ފޮށި.
18:40އިސްމާއިލް ޝާކިރު

ޕީޕީއެމްއިން އިއުލާން ކުރި ގޮތުގައި މިހާތަނަށް ޔާމިންއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަކީ 10،321. އުމަރަށް ލިބިވަޑައިގެންނެވީ 5858. މިހާތަނަށް ނުގުނި ބާކީ ހުރީ 20 ވޯޓު ފޮށި. އެ ވޯޓު ފޮށިތަކުން 4000 މީހުންގެ ވޯޓުގެ ނަތީއްޖާ ލިބޭނެ.
އިންތިހާބީ ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލު

ޕީޕީއެމްގެ އިންތިހާބީ ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލު ވިދާޅުވީ ހުރިހާ ވޯޓު ފޮށިތަކުގެ ނަތީޖާ މިރޭ 9:00 އިއުލާން ކުރެވޭވަރު ވާނެ ކަމަށް. އަދި މިހާތަނަށް ދައްކާ ގޮތުން އެއްވެސް ކެނޑިޑޭޓެއް ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރުމުގެ ފުރުސަތު ނެތް ކަމަށް.

ބޮޑު ތަފާތަކުން އެއްވެސް ކެނޑިޑޭޓެއްއް މޮޅު ވާނެ ކަމަކަށް ނުބެލެވޭ. މާލޭގައި ވޯޓުލާނެ ކަމަށް ބެލެވޭ 5000 ވޯޓު މީހުންގެ ނަތީއްޖާ އެނގުމުން ތަފާތު ބޮޑުވުން އެކަށީގެންވޭ.

18:28

18:27ޕީޕީއެމް އޮފީހުން

ޕީޕީއެމް އޮފީހުން ބުނީ މިހާތަށް 141 ވޯޓު ފޮށި ގުނާ ނިމިފައިވާއިރު، ވަގުތީ ނަތީއްޖާއިން ދައްކާ ގޮތުން އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ އަބްދުﷲ ޔާމިން. އޭނާއަށް 9473 ވޯޓު ލިބިވަޑައިގެންނެވިއިރު އުމަރު ނަސީރަށް ލިބިވަޑައިގެންނެވީ 5197 ވޯޓު.
18:26ހުސައިން އަހުމަދު، ފުނާޑު ގޮފީގެ މެންބަރު

ފުވައްމުލަކު ފުނާޑު '
އަބްދުﷲ ޔާމީން: 163 '
އުމަރު ނަސީރު: 02

ހިތަދޫ ދެކުނު ދާއިރާ
އަބްދުﷲ ޔާމިން: 136
އުމަރު ނަސީރު: 96
ސ. ހިތަދޫ ޕީޕީއެމް އޮފިޝަލް އަލީ ނަސީރު

ހއ. މުރައިދޫ '
އަބްދުﷲ ޔާމީން: 9
އުމަރު ނަސީރު: 74

ހއ. އުތީމު
އަބްދުﷲ ޔާމީން: 66
އުމަރު ނަސީރު: 16

ހއ. އުލިގަމް
އަބްދުﷲ ޔާމީން: 11
އުމަރު ނަސީރު: 1

މުހައްމަދު ފަޔާޒު ޕީޕީއެމް ކޯޑިނޭޓަރު

18:13ހިތަދޫ މެދު ދާއިރާގެ ވޯޓު ފޮށްޓާ ހަވާލުވެ ހުންނެވި އަލީ ނަސީރު

ހިތަދޫ މެދު ދާއިރާގެ ވޯޓު ފޮށި
އަބްދުﷲ ޔާމިން: 247
އުމަރު ނަސީރު: 70

ހއ. ބާރަށް
އަބްދުﷲ ޔާމީން: 55
އުމަރު ނަސީރު: 87

ހއ. ދިއްދޫ
އަބްދުﷲ ޔާމީން: 223
އުމަރު ނަސީރު: 48

ހއ. ހޯރަފުށި
އަބްދުﷲ ޔާމީން: 58
އުމަރު ނަސީރު: 24

ހއ. މާރަންދޫ
އަބްދުﷲ ޔާމީން: 22
އުމަރު ނަސީރު: 17

ކޯޑިޓޭޓަރު/ މުހައްމަދު ފަޔާޒު
18:08ވިލިނގިލީ ކައުންސިލްގެ ރައީސް ސައުދު ހުސައިން

ގއ. ވިލިނގިލި ވޯޓު ފޮށީގެ ނަތީޖާ

އަބްދުﷲ ޔާމިން: 402 ވޯޓު
އުމަރު ނަސީރު: 28 ވޯޓު

18:06މާމެންދޫ ޕީޕީއެމް ގޮފީގެ މެންބަރު އާތިފު ނަސީރު

ގއ. މާމެންދޫ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
އަބްދުﷲ ޔާމިން: 64 ވޯޓު
އުމަރު ނަސީރު: 43 ވޯޓު
18:03ދާންދޫ ކައުންސިލް މެންބަރު މުހައްމަދު އާސިފު

ގއ. ދާންދޫ
އަބްދު ޔާމިން: 46
އުމަރު ނަސީރު: 30

18:01ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު

ގއ. ކަނޑުހުޅުދޫ ވޯޓު ފޮށި

އަބްދުﷲ ޔާމިން: 55 ވޯޓު
އުމަރު ނަސީރު: 14 ވޯޓު

17:56ލ. ގަމު ޕީޕީއެމް ގޮފީގެ މެންބަރު އަބްދުﷲ ސުލައިމާން

ލ. ގަން ތުނޑީ އަވަށު ވޯޓު ފޮށި
އަބްދުﷲ ޔާމިން: 164
އުމަރު ނަސީރު: 12

ލ. ގަން މަތިމަރަދޫ އަވަށު ވޯޓު ފޮށި
އަބްދުﷲ ޔާމިން: 78
އުމަރު ނަސީރު: 10

ލ. ގަން މުކުރިމަގު އަވަށު ވޯޓު ފޮށި
އަބްދުﷲ ޔާމިން: 81 ވޯޓު
އުމަރު ނަސީރު: 5 ވޯޓު

ލ. ގަން އަލަށް އާބާދުވި ސަރަހައްދުގެ ވޯޓު ފޮށި
އަބްދުﷲ ޔާމިން: 61 ވޯޓު
އުމަރު ނަސީރު: 28

17:54ޕީޕީއެމް އިންތިހާބުގެ އޮފިޝަލް އިބްރާހިމް ސަލީމް

ހއ. ތަކަންދޫ
އަބްދުﷲ ޔާމިން: 13 ވޯޓު
އުމަރު ނަސީރު: 33 ވޯޓު
17:53ރަތަފަންދޫ ކައުންސިލްގެ ރައީސްގެ އަހުމަދު ފައުޒީ

ގދ. ރަތަފަންދޫ
އަބްދުﷲ ޔާމިން: 47
އުމަރު ނަސީރު: 24

17:51

ގދ. މާތޮޑާ އަވަށު ވޯޓު ފޮށި
އަބްދުﷲ ޔާމިން: 39
އުމަރު ނަސީރު: 6
17:49ގދ. ފަރެސް އަވަށުގައި ވޯޓު ފޮށްޓާ ހަވާލުވެ ހުންނެވި އިބްރާހިމް ލަތީފު

ގދ. ފަރެސް އަވަށުގައި ބެހެއްޓި ވޯޓު ފޮށި
އަބްދުﷲ ޔާމިން: 78
އުމަރު ނަސީރު: 9
17:47ގދ. ވާދޫ ޕީޕީއެމް ގޮފީގެ މެންބަރު އައިޝަތު ފަޒުނާ

ގދ. ވާދޫ
އަބްދުﷲ ޔާމިން: 51
އުމަރު ނަސީރު: 05
17:46ގައްދޫ ވޯޓު ފޮށްޓާ ހަވާލުވެ ހުންނެވި އަހުމަދު ފަހުމީ

ގދ. ގައްދޫ
އަބްދުﷲ ޔާމިން: 179
އުމަރު ނަސީރު: 39
17:43ވޯޓޮ ފޮށްޓާ ހަވާލުވެ ހުންނެވި އިންތިހާބުގެ އޮފިޝަލް ޝިއުނީ

އިމާދުއްދީން ސްކޫލްގައި ބެހެއްޓި ގަލޮޅު ވޯޓު ފޮށި

އަބްދުﷲ ޔާމިން: 213
އުމަރު ނަސީރު: 123

17:40

ހެންވޭރު، ކަލާފާނު ސްކޫލް ފޮށި
އަބްދުﷲ ޔާމީން: 204
އުމަރު ނަސީރު : 260
17:38ލ. އިސްދޫ ދާއިރާގެ އަތޮޅު ކައުންސިލަރު އިބްރާޙިމް ހަމީދު

ލ. މާމެންދޫ
އަބްދުﷲ ޔާމިން: 57
އުމަރު ނަސީރު: 22
17:29އަހުމަދު ރަމީޒު/ ޕީޕީއެމް މެންބަރު

ހދ. ނޮޅިވަރަމް
އަބްދުﷲ ޔާމީން: 50
އުމަރު ނަސީރު: 44
17:25ފުވައްމުލަކު ދަނޑިމަގު ކައުންސިލްގެ ރައީސް ހުސައިން އިހްސާން

ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓު ފޮށި
އަބްދުﷲ ޔާމިން: 231
އުމަރު ނަސީރު: 10

މުވައްމުލަކު ދިގުވާޑު އަވަށުގެ ފޮށި
އަބްދު ޔާމިން: 120
އުމަރު ނަސީރު: 4

ހއ. ކެލާ
އަބްދުﷲ ޔާމީން: 79
އުމަރު ނަސީރު : 25
އާދަމް އައްސަދު/ ވޯޓް ފޮށިދޮށް ސުޕަވަޒާ
17:23ޕީޕީއެމް އޮފީހުން

ހދ. މަކުނުދޫ
އަބްދުﷲ ޔާމިން: 123
އުމަރު ނަސީރު: 59

ނ. މަނަދޫ
އަބްދުﷲ ޔާމިން: 56
އުމަރު ނަސީރު: 61

ށ. ޅައިމަގު
އަބްދުﷲ ޔާމިން: 9
އުމަރު ނަސީރު: 44

ކ. ހިންމަފުށި
އަބްދުﷲ ޔާމިން: 135
އުމަރު ނަސީރު: 16

17:19އަބްދުﷲ ޖަލީލު، ވޯޓު ފޮއްޓާ ހަވާލުުވެ ހުންނެވި

ހދ. ނައިވާދޫ
އަބްދުﷲ ޔާމީން: 36
އުމަރު ނަސީރު: 12
17:19ޕީޕީއެމް އޮފިޝަލް މުހައްމަދު މާލިކު

ފުވައްމުލަކު މާލެގަން އަވަށުގެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
އަބްދުﷲ ޔާމިން: 69 ވޯޓު
އުމަރު ނަސީރު: 6 ވޯޓު
17:17ވޯޓު ފޮށްޓާ ހަވާލުވެ ހުންނެވި ޕީޕީއެމް އޮފިޝަލް މުހައްމަދު ފަރުޒާދު

ފުވައްމުލަކު މިސްކިތް މަގު ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
އަބްދުﷲ ޔާމިން: 175
އުމަރު ނަސީރު: 12

17:14ކުނރިބީގައި ހުރި ޕީޕީއެމްގެ އިންތިހާބުގެ އޮފިޝަލް މުހައްމަދު އަފްރާހު

ހދ. ކުރިނބި
އަބްދުﷲ ޔާމިން: 102
އުމަރު ނަސީރު: 4
17:13މުހައްމަދު ވަހީދު، ކައުންސިލް މެންބަރު

ހއ. ވަަށަފަރު
އަބްދުﷲ ޔާމީން: 60
އުމަރު ނަސީރު: 8
17:12މަރަދޫ ފޭދޫ އަސްރުމާ ގޮފީގެ ނައިބު ރައީސް މުސްތާރު މުހައްމަދު

މަރަދޫ ފޭދޫ ދާއިރާ
އަބްދުﷲ ޔާމިން: 41 ވޯޓު
އުމަރު ނަސީރު: 34 ވޯޓު
17:10ޕީޕީއެމް ގެމަނަފުށީ ގޮފީގެ މެންބަރު އަހުމަދު މުޖުތަބާ

ގއ. ގެމަނަފުށި
އަބްދުﷲ ޔާމިން: 114
އުމަރު ނަސީރު: 71
17:08ހިތަދޫ އުތުރު ދާއިރާގެ ވޯޓު ފޮށްޓާ ހަވާލުވެ ހުންނެވި އަލީ މުފީދު

ސ. ހިތަދޫ އުތުރު ދާއިރާ
އަބްދުﷲ ޔާމިން: 127 ވޯޓު
އުމަރު ނަސީރު: 55 ވޯޓު
17:06ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު

ގދ. ފިޔޯރި
އަބްދުﷲ ޔާމިން: 25 ވޯޓު
އުމަރު ނަސީރު: 75 ވޯޓު
17:04ގއ. ނިލަންދޫ ކައުންސިލްގެ ރައީސް އަހުމަދު ޝަހީލު

ގއ. ނިލަންދޫ
އަބްދުﷲ ޔާމިން: 35
އުމަރު ނަސީރު: 5
17:04އިހަވަންދޫ ކައުންސިލްގެ މެންބަރު މުހައްމަދު ސިރާޖު

ހއ. އިހަވަންދޫ
އަބްދުﷲ ޔާމީން: 214
އުމަރު ނަސީރު: 89
16:57ޕީޕީއެމް އޮފީހުން

ށ. ބިލެތްފަހި
އަބްދުﷲ ޔާމިން: 58 ވޯޓު
އުމަރު ނަސީރު: 17 ވޯޓު

ތ. ކިނބިދޫ
އަބްދުﷲ ޔާމިން: 49 ވޯޓު
އުމަރު ނަސީރު: 22 ވޯޓު

ބ. އޭދަފުށި
އަބްދުﷲ ޔާމިން: 196 ވޯޓު
އުމަރު ނަސީރު: 28 ވޯޓު

ސ. މަރަދޫ
އަބްދުﷲ ޔާމިން: 52 ވޯޓު
އުމަރު ނަސީރު: 41 ވޯޓު

ތ. ގާދިއްފުށި
އަބްދުﷲ ޔާމިން: 40 ވޯޓު
އުމަރު 2 ވޯޓު

މ. މުލައް
އަބްދުﷲ ޔާމިން: 51 ވޯޓު
އުމަރު ނަސީރު: 100 ވޯޓު

16:51ލ. އަތޮޅު ކައުންސިލް ޕީޕީއެމް ކައުންސިލަރު އިބްރާހިމް ހަމީދު

ލ. އިސްދޫ
އަބްދުﷲ ޔާމިން: 69 ވޯޓު
އުމަރު ނަސީރު: 13 ވޯޓު

ލ. އިސްދޫ ކަލައިދޫ
އަބްދު ޔާމިން: 36 ވޯޓު
އުމަރު ނަސީރު: 11 ވޯޓު

ލ. ދަނބިދޫ
އަބްދުﷲ ޔާމިން: 15 ވޯޓު
އުމަރު ނަސީރު: 79 ވޯޓު

ލ. ކުނަހަންދޫ
އަބްދުﷲ ޔާމިން: 10
އުމަރު ނަސީރު: 60

16:45ޕީޕީއެމް އޮފީހުން

ނ. މާޅެންދޫ
އަބްދުﷲ ޔާމިން: 50 ވޯޓު
އުމަރު ނަސީރު: 9 ވޯޓު

ނ. ޅޮހި
އަބްދުﷲ ޔާމިން: 52 ވޯޓު
އުމަރު ނަސީރު: 17 ވޯޓު

ތ. ތިޔަމިގިލި
އަބްދުﷲ ޔާމިން: 21 ވޯޓު
އުމަރު ނަސީރު: 14 ވޯޓު

ވ. ފުލިދޫ
އަބްދުﷲ ޔާމިން: 14 ވޯޓު
އުމަރު ނަސީރު: 16 ވޯޓު

ރ. މީދޫ
އަބްދުﷲ ޔާމިން: 101 ވޯޓު
އުމަރު ނަސީރު: 26 ވޯޓު

16:36ޕީޕީއެމް އޮފީހުން

ރ. މާކުރަތުގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ

އަބްދުﷲ ޔާމިން 85 ވޯޓު
އުމަރު 2 ވޯޓު

16:34ކޮލަމާފުށީ ޕީޕީއެމް ގޮފީގެ މެންބަރު މުހައްމަދު ޒާހިރު

ގއ. ކޮލަމާފުށީގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ

އަބްދުﷲ ޔާމިން: 142
އުމަރު ނަސީރު: 5

16:32ޕީޕީއެމް އޮފީސް

ރ. އިންނަމާދޫގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ

އަބްދުﷲ ޔާމިން: 134 ވޯޓު
އުމަރު ނަސީރު: 4 ވޯޓު