ކެރަމް އެސޯސިއޭޝަނުން މިއަހަރަށް ލަފާ ކުރާ ބަޖެޓް އިއްޔެ ފާސްކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި އިއްޔެ އޮތް އެއެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި މިއަހަރަށް ލަފާ ކުރާ ބަޖެޓަކަށް ފާސްކޮށްފައި ވަނީ 1,375,384.40 ރުފިޔާ އެވެ.

އިއްޔެގެ ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ހަރަދު ރިޕޯޓާއި މި އަހަރުގެ ބަޖެޓު ފާސްކުރުމުގެ އިތުރުން އެސޯސިއޭޝަނަށް އޮޑިޓަރެއް ކަނޑައެޅުން އޮތެވެ.

އިއްޔެގެ ޖަލްސާގައި ބައިވެރިވެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އަށް މެންބަރަކު ވޯޓު ދެއްވި އެވެ. އަދި އެ ޖަލްސާގެ ރިޔާސަތު އިއްޔެ ބަލަހައްޓާ ފައި ވަނީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން އެވެ.