30 Mar 2013, 12:16
ފުލުހުންގެ 80 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުކޮށް ފުލުހުންގެ އިދާރީ މަސައްކަތްތައް ކުރުމަށް 10 ބުރީގެ އާ އިމާރާތެއްގެ ބިންގާ މިއަދު އަޅައިފި އެވެ.
ހ. ފޯވިންޑްސްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. މިއަދު ހެނދުނު އެކަމަށް ޓަކައި ބޭއްވި ރަސްމިޔާތުގައި ކޮމިޝަނާ އޮފް އަބްދުﷲ ރިޔާޒް ވިދާޅުވީ އަލަށް ގާއިމުކުރާ ފުލުހުންގެ އިމާރާތަކީ ފުލުހުންގެ އެކި ތަހްގީގުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އަޅާ އިމާރާތެއް ކަމަށެވެ.
އަދި އެ އިމާރާތުގެ ހ. ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެ ރަސްމިޔާތުގައި ދާހިލީ ވަޒީރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ޖަމީލު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އާ އިމާރާތެއް އެޅުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުނަށް ފަސޭހައިން ހިދުމަތްދިނުން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ފުލުހުނަށް އެކަށޭނެ މާހައިލެއް ހޯދަދިނުން ކަމަށެވެ.
އަދި މިއަދު ބިންގާ އެޅި އިމާރާތުގެ ބޭނުން ކުރިއަށް އޮތް އަހަރަކާއި ހަ މަސް ދުވަސް ތެރޭގައި ބޭނުން ކުރެވޭނެ ކަމަށާއި އަދި އޭގެ ސަބަބުން ފުލުހުންގެ މުވައްސާސާ އަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.