27 Mar 2013, 21:52
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޑީއެމް މުލޭ އޭނާގެ ސަފީރު ކަމުގެ މުއްދަތު ފުރިހަމަ ކުރެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ.
އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސަފީރު ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި އަލަށް ރާއްޖެ އަށް ކަނޑައެޅުއްވި ސަފީރު ކުރިއަށް ހަތަރު ފަސް ދުވަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުލޭގެ ބަދަލުގައި ހައި ކޮމިޝަނަރުގެ މަގާމަށް އިންޑިއާ ސަރުކާރުން ކަނޑައެޅުއްވީ ޝްރީ ރާޖީވް ޝަހާރޭ އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީއެއްގެ މަގާމުގައި ހުންނެވި ޝްރީ ރާޖީވް ޝަހާރޭ ވަރަށް އަވަހަށް މަގާމާ ހަވާލުވާނެ ކަމަށެވެ.