ފުވައްމުލަކު ގައުމީ އިދާރާއިން ގާނޫނާއި ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއްކޮށްފައިވާކަން ފުވައްމުލަކު ގައުމީ އިދާރާގެ ހާއްސަ އޮޑިޓް ރިޕޯޓް އިން ހާމަވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ގައުމީ އިދާރާތަށް މިއަދުގެ ސަރުކާރުން އުވާލާފައިވުމުން އޮޑީޓާޖެނެރަލް ނެރުއްވާފައިވާ އެއިދާރާގެ އޮޑިޓް ރިޕޯޓްގައި ވަނީ އެއިދާރާއިން ގާނޫނާއި ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމީ އިދާރާތައް އުވާލުމާއި ގުޅިގެން މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން ތައްޔާރު ކުރަންޖެހޭ މާލީ ހިސާބްުށް ތައްޔާރުކޮށްފައިނުވާކަން ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތަކުގެ ތެރޭގައި މުދާ ހަމަޔަށް ލިބުނުކަން ޔަގީން ނުވަނީސް އެމުދަލަށް ފައިސާ ދައްކާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ އިދާރާއަށް ފަރުނީޗަރު ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން މަސައްކަތް ހަވާލުކުރެވުނު ފަރާތަކުން އެތަކެތި ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ 260748ރ. އަށް ކަމަށާއި އަދި އެތަކެތި ލިބުމުގެ ކުރިން އެތަކެއްޗަށް ފައިސާ ދައްކާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ ބިލުގައިވާ ތަކެތީގެ ތެރެއިން 28000ރ. ގެ 10 "މީޑިއަމް ބެކް ވިޒިޓާސް ޗެއާ ވިތު އާމް ރެސްޓް ބްލެކް ލެދާ" ލިބިފައިނުވާއިރު އެތަކެއްޗަށް ފައިސާ ދައްކާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރުކަމެއްގެ ތެރޭގައި އެ އިދާރާ މެދުވެރިވެގެން ސާކް ސަމިޓާގުޅިގެން ތައްޔާރުކުރެވުނު ތަންތަނުގެ ތެރެއިން ތުނޑި އަވަށުގައި ތައްޔާރުކުރެވުނު ތަންތަނުގެ ސެކުއިރިޓީ ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ އާންމުކޮށް އިއުލާން ނުކޮށްކަން ފާހަގަކޮށްފައިވެ އެވެ. އެތަންތަނުގެ ސެކެއުރިޓީގެ ތެރެއިން ތުނޑީ ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކޮށްފައި ވަނީ 24000ރ. މަހަކު ދޭގޮތަކަށެވެ. އަދި ބަންޑާރަ ކިޅި ހަވާލުކުކޮށްފައި ވަނީ މަހަކު 18000ރ. އަށެވެ. އެ މަސައްކަތް ހަވާލުކުރީ 2011 ވަނަ އަހަރު ނޮވެމްބަރު މަހުއެވެ.

އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓްގައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށްކޮށްފައިވާ ކަންތައްތަކުގެ ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް އެދިފަ އެވެ.