26 Mar 2013, 13:16
ގދ. ވާދޫގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް ސްރީލަންކާގެ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިިކޮށް މަރުވެއްްޖެ އެވެ.
އެ އެކްސިޑެންޓްގައި ޒަހަމްވެފައިވަނީ ވާދޫ، އަނޯނާގެ، މުހައްމަދު އަސްވަދު29، އަހަރު އެވެ.
ވާދޫ ކައުންުސިލްގެ މެމްބަރު ފާތުމަތު ސާޒްމީ މިއަދު ސަންއަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ އޭނާ މަރުވީ އެކްސިޑެންޓަށް ފަހު ލަންކާ އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.
"އެކްސިޑެންޓާ ގުޅިގެން ދެ ކިޑްނީ ވެސް ވަނީ ފެއިލްވެފައި، ސިނކުޑި ވެސް ވަނީ މީގެ ތިން ދުވަސް ކުރިން މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނީ،" ސާޒްމީ ވިދާޅުވި އެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ އެއްކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ. އެ ދެ ސައިކަލްގެ ތެރެއިން ޒަޚަމްވި މީހާގެ ދުއްވި ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ގޮސް އެތަނުގައި ހުރި ގަހެއްގައި ޖެހި ސައިކަލު ދުއްވަން އިން މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
އެ އެކްސިޑެންޓްގެ ސަބަބުން އޭނާގެ ބޯ ފަޅައިގެން ގޮސް، ސިކުނޑިއަށް ގެއްލުންވެ ދަތްދޮޅިންނާއި ލޯ ކައިރިން ޒަހަމްވެފައިވާ ކަަމަށް ތިނަދޫ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ތިނަދޫ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު ލަންކާ އަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ ހޭނާރަ އެވެ.