ފުވައްމުލަކު ގެއެއް ބަލައި ފާސް ކުރުމުގެ ތެރޭގައި މަސްތުވާ ތަކެތި ފެނި އެ މައްސަލައާ ގުޅުން ހުރި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުވައްމުލަކު "ސަނީސައިޑް" ގެއިން މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 44 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ތަކެތި ފެނިފައި ވަނީ އިއްޔެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަލައި ފާސް ކުރި އިރު އެގޭގެ ގޭތެރެއިންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 33 އަހަރުގެ މީހަކާއި އުމުރުން 19 އަހަރުގެ މީހެއްގެ އިތުރުން އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.