24 Mar 2013, 17:15
ތ. ވިލިފުށީގައި ކުޑަކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ 12 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އުމުރުން 51 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. އަދި 51 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހަމަ އެރޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލާއާ ގުޅިގެން ކޯޓުން އެމީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.