24 Mar 2013, 14:40
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދާން ފަށައިފިއެވެ.
ފުލުހުން ހޯދަމުން ދަނީ ގދ.ތިނަދޫ ސަކީނާމަންޒިލް، ފާތިމަތު ނުހާ 15، އެވެ.
ނުހާ އެންމެފަހުން ފެނިފައިވަނީ ރޭ 19.00 ހާއިރު އޭނާ މާލޭގައި ދިރިއުޅޭ ގޭތެރެއިންނެވެ. އަދި ނުހާ އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ އަޅިކުލައިގެ ހެދުމެއްކަމަށް ނުހާގެ އާއިލާއާއި ހަވާލާދީ ފުލުހުން ބުންޏެވެ.
ނުހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ނުހާއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ތިނަދޫ ކައުންސިލްއަށް ގުޅާލުމުން އެރަށު ކައުންސިލް އިން ބުނީ ކުއްޖަކު ގެއްލިގެން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި ނުހާ ކިޔާ ކުއްޖަކު ނުދަންނަ ކަމަށް ވެސް ތިނަދޫގެ އެ ކައުންސިލަރު ވިދާޅުވިއެވެ.