މިދިޔަ ހަފްތާގައި ހދ. ހަނިމާދޫ އިރުމަތީ ތޮށި މައްޗަށް އަރާފައި އޮތް ދޯންޏެއް ފުންކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހަނިމާދޫ ފަރަށް އެރި "ރޯމާ" ނަމަކަށް ކިޔާ ދޯނި ފުންކުރުމުގެ މަސައްކަތް އެވަގުތުން ފެށިގެން ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ހަނިމާދޫ ކައުންސިލް އިދާރާއާއި ހަނިމާދޫ ރައްޔިތުންގެ ގުޅިގެން ކޮށްފައިވާ ކަމަށެވެ. އަދި އެދޯނި އޮތް ސަރަހައްދަށް ގޮސް އެވަގުތު އެ ދޯނީގައި ހުރި މީހާ ސަލާމަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދޯނި ފުންކުރުމުގެ މަސައްކަތް ނިމުނު އިރު ދޯނީގެ އިންޖީނު ރޫމާއި ދިމާ ބަނޑުފިލާ ދޮށުން ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ދޯންޏަކީ ހދ. ކުޅުދުއްފުށީގައި ދުއްވާ ދޯންޏެކެވެ.