23 Mar 2013, 16:38
އިޓަލީ ސެރިއޭ އޭގެ ލަޒިއޯއަށް ކުޅޭ ކުރީގެ ބާމިންހަމްގެ މިޑްފީލްޑަރު މައުރޯ ޒަރާޓޭ އަށް ކުޅުމުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ބޭސްފަރުވާ ކުރުމަށް ޗުއްޓީއެއް ދިނުމުން ރާއްޖެއައިސް ޗުއްޓީހަދަން އުޅެނިކޮށް ލާޒިއޯގެ ސަޕޯޓަރަކަށް ފެނިގެން އެމައްސަލަ ވަރަށް ހޫނު ވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޒަރާތޭއަށް ލިބުނު އަނިޔާއަކަށް ބޭސްފަރުވާ ކުރުމަށް އޭނާގެ އަމިއްލަ ގައުމު ކަމަށްވާ އާޖެންޓީނާ އަށް ދިއުމަށް ހަފްތާއެއްގެ ޗުއްޓީއެއް ދިނުމުން އޭނާ ވަނީ ބޭސްފަރުވާކުރުމުގެ ބަދަލުގައި ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި ރާއްޖޭގައި ޒަރާޓޭ ހޭދަކުރި ދުވަސްތަކުގައި ލާޒިއޯގެ ފޭނަކަށް އޭނާ ފާހަގަ ކުރެވިގެން އެކަން ކުލަބަށް ރިޕޯޓު ކުރުމުން އެކުލަބުން ވަނީ ޒަރާޓޭ ބޮޑު އަދައަދަކުން ޖޫރިމަނާ ކޮށްފަ އެވެ. އެގޮތުން އޭނާ އަށް ކުލަބުން ހުށަހަޅާފައިވާ އުޖޫރައިގެ 30 އިންސައްތަ އުނިކުރުމަށް ފަހު އޭނާ ކޯޓަށް ގެންދިއުމަށް އެކުލަބުން ނިންމާފައިވާ ކަމަށްވެ އެވެ.
މިއަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ސަންޑަލޭންޑަށް ބަދަލުވުމަށް މަސައްކަތްކުރި ލާޒިއޯގެ އުމުރުން 26 އަހަރުގެ އާޖެންޓީނާގެ ފޯވަޑަށް ސަންޑަލޭންޑަށް ބަދަލު ނުވެވުނު އިރު މިސީޒަންގައި އިޓަލީ ލީގުގައި އޭނާ ފެނިފައިވަނީ އެންމެ ފަހަރަކު އެވެ. އެވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އަދި ޔޫރޮޕާ ލީގުގައި މަދު މެޗުތަކެއް ކުޅެފައިވެ އެވެ.
މިއަހަރުގެ ޖެނުއަރީގައި ރަޝިޔާގެ ގިނަ ކުލަބު ތަކަކުން ވެސް ހޯދުމަށް މަސައްކަތްކުރި ހުނަރުވެރި ފޯވަޑް ލާޒިއޯ ދޫކޮށް ދެން ގުޅޭނޭ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބްރެޒިލްގެ ސަންތޯސް އާ އެވެ.