އަފްގާނިސްތާނުގެ ތިން މީހަކު ގަސްތުގައި މެރިކަމުގެ ތުހުމަތުގައި އެމެރިކާ ސިފައިންގެ މީހެއްގެ މައްޗަށް ދައުވާކޮށް ކޯޓަށް ގެންދިއުމަށް ނިންމައިފި އެވެ.  


އަލްޖަޒީރާ އިން ބުނި ގޮތުގައި ޖެރިމީ މޮރޯލޮކް ކިޔާ އެ ސިފައިންގެ މީހާ އަފްގާނިސްތާނު ތިން މީހުން މަރާލާފައި ވަނީ އެއްވެސް ސަބަކާއި ނުލައި މަޖަލަކަށް ހަދިގެން ކަމަށް ވެސް އަލްޖަޒީރާ އިން ބުނެ އެވެ.


 މޮރޯލޮކް އާއި އޭނާގެ ބައިވެރިންވަނީ އެ ތިން މީހުން މެރުމަށް ފަހު އެމީހުންގެ ހަށިގަނޑުގެ ގުނަވަންތައް ހަނގުރައިމައިގެ "ޓްރޮފީ" ކަމަށް ހަދައި އެ ތަކެއްޗ ާއެކު ފޮޓޯ ނަގާފައި އެވެ. އެ މީހުންގެ މި ޖަރީމާ ފަޅާއަރާފައި ވަނީ ވެސް އެ ފޮޓޯތަކުންނެވެ. މޮރޯލޮކް އާއި އެކު އިތުރު 12 ހަނގުރާމަވެރި އަކު ވެސް ވަނީ މި މައްސަލައިގައި ހައްޔަރު ކުރުކޮށްފަ އެވެ.


އޭނާގެ މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އަސްކަރީ ފަނޑިޔާރެކެވެ. އެމެރިކާގެ އަސްކަރީ ތަރުޖަމާނަކު ބުނެފައި ވަނީ އޭނާއާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މިފަދަ މައްސަލަތަކުގައި އެމެރިކާގައި އަޅާ އެންމެ ހަރުކަށި ފިޔަވަޅަކީ މަރަށް މަރު ހިފުމެވެ.


އޭނާގެ މައްޗަށް ވަނީ ތިން ކަމަކަށް ދައުވާ ކުރުމަށް ނިންމާފައި އެވެ. އެއީ އެ މީނުން މަރުމަށް ރާވާފައިވާ ރޭވުމާއި ނުރައްކާތެރި ހަމަލާއެއް ދިނުމާއި ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތް ކުރުމެވެ.