ޣައިރުދީންތަކުގެ މަންޒަރު ޖަހާފައި ހުރި ކަމަށް ބެލެވޭ ހަނޑޫ ބަސްތާތަކެއް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

ސަން އަށް މައުލޫމަތު ދެއްވަމުން ކަސްޓަމްސްގެ އޮފިޝަލަކު މިރޭ ވިދާޅުވީ މިދިޔަ ބުދަ ދުވަހު ރާއްޖެ އެތެރެ ކުރި 360 ހަނޑޫ ބަސްތާގެ ބޭރު ކަވަރުގައި އެހެން ދީންތަކުގެ ލޯގޯއެއް ޖަހާފައިވާ ކަމަށް ޝައްކު ކުރެވިގެން އެ ބަސްތާތައް ހިފެހެއްޓި ކަމަށެވެ. ނަމަވެސް ހަނޑޫ ބަސްތާތަކުގެ ބޭރު ކަވަރު ނައްޓާލުމަށް ފަހު އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން ހަނޑޫ ބަސްތާތައް މިހާރު ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަނޑޫ ބަސްތާގެ ބޭރުން ލައްވާފައި ހުރި ކަވަރުގައި ހުރީ އެތަކެތި އެކްސްޕޯޓް ކުރި ކުންފުނީގެ ލޯގޯ ކަމަށް އެތަކެތި އިމްޕޯޓް ކުރި ރާއްޖޭގެ ކުންފުނިން ބުނެފައިވާ ކަމަށާއި ނަމަވެސް އިސްލާމިކް މިނިސްޓީ މެދުވެރިކޮށް އޭގައި ހުރީ ކޮންއެއްޗެއްކަން ސާފުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.